އަންހެން ދަރިވަރުންގެ ރަސްމީ ޔުނިފޯމް

އަންހެން ދަރިވަރުން އަރާނީ ކަޅުބޫޓާއި ކަޅު އިސްޓާކީނަށެވެ. ބޫޓުގައި އިތުރު އެއްވެސް ކުލައެއްގެ ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެގެން ނުވާނެއެވެ. އިސްޓާކީނު ތަނބިކަށިން ފެށިގެން 3 އިންޗިއަށްވުރެ ކުރުވެގެން ނުވާނެއެވެ.

މަތި (ހުދުމަތި)

ޔުނީފޯމުގެ މަތީބައި ހުންނަންވާނީ އަތް އުފުލައިލީމާ ގައި ނުފެންނަ ވަރަށް ދިގުކޮށެވެ. މަތީބައިގެ              މެދުގައި ހުންނަ ރޫ ހުންނަންވާނީ 2/1 1އިންޗި (ދޮޅު އިންޗި) ފުޅާމިނުގައެވެ. ރުލުގެ ފުޅާމިނުގައި  ހުންނަންވާނީ 1 (އެކެއް) އިންޗިއެވެ. ޖެކެޓު ފޮތިން ހަދާފައި ހުންނަ 3 ގޮށް ރުލުގެ މެދުގައި ހަރުކޮށްފައި  ހުންނަން ވާނެއެވެ. ކޮންމެ ދެ ގޮށެއްގެ ދެމެދުގައި 2/1 1އިންޗި (ދޮޅު އިންޗި) ނުވަތަ 1 (އެކެއް) އިންޗި  ހުންނަންވާނެއެވެ.  މިގޮށުގެ ބޮޑުމިނަކީ 2/1 1 ސެންޓިމީޓަރެވެ.  ބުރުގާ އަޅާފައި ހުންންނަ އިރު  ބުރުގާގެ  ތިރިން 3 ގޮށް ފެންނަން ހުންނަން ވާނެއެވެ. މަތީބައި ފަހާނީ ޔުނީފޯމް ފަހާ ހުދު ފޮތިންންނެވެ. ގޮށް   ލާފައިފައި ހުންނަންވާނީ ބެގީކުރާ ހިސާބުން ފެށިގެން މަތިން 3 (ތިނެއް) ގޮށް ފެންނަވަރަށެވެ.

ޖެކެޓު

–  ގްރޭޑް 4އާ 12އާ ދެމެދުގެ  އަންހެން ދަރިވަރުން ޔުނީފޯމާއެކު ނަމޫނާގައި ދައްކާފައިވާ ގޮތަށް ޖެކެޓު ބޭނުންކުރަންވާނެއެވެ. ޖެކެޓު ފަހާފައި ހުންނަންވާނީ ސްކާޓުފަހާ ފޮތިންނެވެ.

–  ޖެކެޓުގެ ދިގުމިން ހުންނަންވާނީ ކަކުލުން މައްޗަށް 6 އިންޗި ހުންނަވަރަށެވެ.

–  ޖެކެޓުގެ ދެފަރާތުގައި ނަގައިފައި ހުންނަ ރޫ ހުންނަންވާނީ އަތްވަޅުގެ ތިރީކައިރިން ފެށިގެން 4އިންޗި ދިގުމިނުގައެވެ. (ރޫނަގައިފައި ހުންނަންވާނީ މަތިން ތިރިއަށްވާ ގޮތަށެވެ.) ޖެކެޓުގައި ހުންނަންވާނީ  3 (ތިނެއް) ރުލެވެ.

–  ޖެކެޓުގެ ރޫ ހުންނަންވާނީ ކޮނޑުން ފެށިގެން އަތްވަޅާ ހަމައަށެވެ.

–  ޖެކެޓުގެ އަތުގެ ދިގުމިން ހުންނަންވާނީ 1 (އެކެއް) އިންޗި ދިގުކޮށެވެ.

–  ޖެކެޓުގެ އަތުގެ ދިގުމިން ހުންނަންވާނީ އަތުގެ ކުޑަހުޅުގެ ކަށިގަނޑަށްވުރެ ބައި އިންޗި ދިގުކޮށެވެ.

–  ޖެކެޓުގެ އަތުކުރީގެ މަތީބައިގައި (ހެދުމުގެ މަތީބައިގައި ހަރުކޮށްފައި ހުރިކަހަލަ ) ދެގޮށް ހަރުކޮށްފައި          ހުންނަންވާނެއެވެ. ދެގޮށުގެ ދޭދެތެރޭގައި 1 ސެންޓިމީޓަރު ހުންނަންވާނެއެވެ. ޖެކެޓު ފަހާފައި ހުންނަންވާނީ      މަދުރަސާއިންދޭ ނަމޫނާއާ އެއްގޮތަށް ފެހިކުލައިގެ (15 Torrey  ) ފޮތިންނެވެ.

ސްކާޓް

– ސްކާޓު ފަހާފައި ހުންނަންވާނީ ޖެކެޓުފެހި ފޮތީންނެވެ. ގްރޭޑް 4އާއި 12އާ ދެމެދުގެ  އަންހެން       ދަރިވަރުންގެ ސްކާޓުގެ ފަސްބައި ހުންނަންވާނީ ފައިގެ ތަނބިކަށްޓަށްވުރެ 2/1 1 (އެކެއް ބައި) އިންޗި       ދިގުކޮށެވެ. ސްކާޓުގައި ހުންނަންޖެހޭނީ ކުދި ރޫ ނަގާފައެވެ.

–  ދަރިވަރުންގެ ސްކާޓުގައި 2/1 1 (އެކެއް ބައި) އިންޗި ފުޅާމިނުގައި ރޫނަގަންވާނެއެވެ. އެ ރޫތައް ހުންނަން ވާނީ އިސްތިރިކޮށްފައެވެ. ގްރޭޑް 4އާއި 12އާ ދެމެދުގެ  އަންހެން ދަރިވަރުންގެ ސްކާޓުގައި ބެލްޓު އެޅޭގޮތަށް ލޫޕް ހަރުކޮށްފައި ހުންނަންވާނެއެވެ.

–  ލޫޕުގެ ފުޅާމިނުގައި 1 (އެކެއް) ސެންޓި މީޓަރު ހުންނަންވާނެއެވެ.

–  ސްކާރޓުގެ ދިގުމިން ހުންނަންވާނީ ކަކުލުން ފެށިގެން 2 (ދޭއް) އިންޗި ތިރިއަށެވެ.

ބެޖު

ބެޖު ހުންނަންވާނީ ޑައިމީޓަރުގައި  2/1 5 (ފަހެއް ބައި) ސެންޓި މީޓަރު ހުރި ހުދު ވަށްފޮތިކޮޅެއްގެ މެދުގައި ފަހައިގެން ހަރުކޮށްފައެވެ. މިވަށް ފޮތިކޮޅުގެ ވަށާ ކައިރި ހުންނަންވާނީ  ފެހި ކުލައިން ކައިރި ހަދާފައެވެ.  ބެޖު ހަރުކޮށްފައި ހުނަންވާނީ ޖެކެޓުގެ ވާތް ފަރާތުގައި ނަގާފައިވާ 3 ރުލާގުޅޭ ހިސާބުގައެވެ. ބުރުގާ އަޅާފައި ހުންނައިރު ބެޖު ފެންނަން ހުންނަންވާނެއެވެ.

ބުރުގާ

–  ބުރުގާގެ ގޮތުގައި ބޭނުންކުރާނީ ހުދު ފޮތީގެ ބުރުގާއެވެ. ތަފާތު ފޮތީގެ ބުރުގާ ބޭނުމެއް ނުކުރެވޭނެއެވެ.

-ބުރުގާ އަޅަންވާނީ ތިނެސްކަން ހަމަވާނެހެން ފަތްޖެހުމަށްފަހު ދެކަން އެއްވަރުކޮށް ކަރު ރަނގަޅަށް  ފޮރުވޭ ގޮތަށެވެ.

–  ގްރޭޑް 7 އާއި 12 އާ ދެމެދުގެ އަންހެން ދަރިވަރުން ބުރުގާއާއެކު ބޮލުގައި އަޅާ”ބޭންޑު”   ބޭނުންކުރަންވާނެއެވެ. އަދި ބުރުގާގެ ކަނުގައި ހުދުކުލައިގެ “ހޯގާ” ހަރުކުރެވިފައި ބޭނުންކުރަންވާނެއެވެ.

–  ބުރުގާގެ ދެކަން ހުންނަންވާނީ މޭމަތި ފޮރުވޭނެހެން ނަގައި ދެފަރާތު ކޮނޑުން ތިރިއަށް ނުފައިބާނޭ ހެންނެވެ. ( ބުރުގާ ހަރުކުރުމަށް ބޭނުންކުރާނީ ރިހި ކުލައިގެ އާދައިގެ އެސް ނުޖަހާ ދައްޗެވެ. )

–  ފުރަގަހުގެ ދިގުމިން ( ބައިމަތިން ދެބައިކުޅަ އެއްބަޔަށް ތިރިއަށެވެ. )

–  ބުރުގާ އަޅާ ނިމޭއިރު ހުންނަންވާނީ ތިނެސްކަން ވާނޭހެން މޭމަތި ނިވާވާވަރަށެވެ.

–  ގްރޭޑް 7 އާއި 12 އާ ދެމެދުގެ އަންހެން ދަރިވަރުންގެ  ބުރުގާ ފަހާފައި ހުންނަންވާނީ  ހުދުކުލައިގެ (ބުރުގާ ފަހާ ޑިޒައިން) ނުހުންނަ ކޮޓަން ފޮތިންންނެވެ. ބުރުގާގެ ކައިރިފަށުގައި ރޭނދާ އަޅާފައި ހުރެގެން ނުވާނެއެވެ. ބުރުގާ އަޅާފައި ހުންނައިރު އިސްތަށިގަނޑާއި މޭމަތި ރީތިކޮށް ނިވާވާން ޖެހޭނެއެވެ. ގޮފިކޮޅުނުޖަހައެވެ. ބުރުގާ އަޅާފައި ހުނަނައިރު އިސްތަށިގަނޑާއި ބޭންޑު ބުރުގާގެ ދަށުން ފެންނަން ހުރެގެން ނުވާނެއެވެ. ބުރުގާއާއެކު ބޭނުންކުރަންވާނީ ހުދުކުލައިގެ ބޭންޑެވެ.

–  ގްރޭޑް 1ން 4ށް ބޭނުންކުރަންވާނީ ހުދުކުލައިގެ ދެމޭ ފޮތީގެ ވަށް ބުރުގާއެވެ. ބުރުގާ ހުންނަންވާނީ ނަމޫނާގައި ވާގޮތަށް ބޮލުގެ މެދަށް އިލާސްޓިކް ލައްވާފައެވެ.

 ކަމަރު

މަދުރަސާގެ ޔުނީފޯމާއެކު އަޅާނީ 1 އިންޗި އާއި ދޮޅު އިންޗިއާ ދެމެދުގެ ފުޅާމިނުގެ ކަޅުލައިގެ ކަމަރެކެވެ.  ކަމަރު އަޅާފައި ހުންނަންވާނީ ނަމޫނާގައި ދައްކާފައިވާ ގޮތަށެވެ. ކަމަރު އަޅާފައި ހުންނައިރު ކަމަރުގެ ބައެއް އެލިފައި (ދޫވެފައި) ހުރެގެން ނުވާނެއެވެ.

ބޫޓު

މަދަރުސާގެ ރަސްމީ ޔުނީފޯމާއެކު ބޭނުންކުރަންވާނީ ކަޅުކުލައިގެ ސްކޫލް ބޫޓަށެވެ. ބޫޓުގައި އެހެން އެއްވެސް ކުލައެއް އަދި ޑިޒައިނެއްވެސް ހުރެގެން ނުވާނެއެވެ.

ހަރުވާޅު

–  ގްރޭޑް 1އާއި ގްރޭޑް 3އާ ދެމެދުގެ އަންހެން ދަރިވަރުން ސްކާޓުގެ ދަށުން ލާނީ ހުދުކުލައިގެ ހަރުވާޅެވެ.  ފަހައިފައި ހުންނަންވަނީ ޔުނީފޯމް ފަހާ ހުދު ފޮތިންނެވެ. ހަރުވާޅު ހުންނަންވަނީ ހުދު ފޮތިން، ދޫކޮށެވެ. ހަރުވާޅުގެ ދިގުމިނަކީ ތަނބިކަށިން ފެށިގެން 2/1 1 (އެކެއް ބައި) އިންޗިއަށްވުރެ ކުރު ނުވާ މިންވަރަށެވެ.

–  ގްރޭޑް ގްރޭޑް 4އާއި 12އާ ދެމެދުގެ ދަރިވަރުން ސްކާޓުގެ ދަށުން ލާނީ ކަޅުކުލައިގެ ހަރުވާޅެވެ.

–  ގްރޭޑް 1އާއި 12 އާ ދެމެދުގެ އަންހެން ދަރިވަރުން ރަސްމީ ޔުނީފޯމާއެކު ހުދުކުލައިގެ ޕެޓީ ބޭނުންކުރަންވާނެއެވެ.

 

ގްރޭޑް 1 އާއި 3 އާ ދެމެދުގެ އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމުގެ ނަމޫނާ

 

ގްރޭޑް 4 އާއި 12 އާ ދެމެދުގެ އަންހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމުގެ ނަމޫނާ