ފިރިހެން ދަރިވަރުންގެ ރަސްމީ ޔުނީފޯމް

ގަމީސް

– ގްރޭޑް 1 އާއި ގްރޭޑް 9 އާ ދެމެދުގެ ފިރިހެން ދަރިވަރުން ބޭނުންކުރާނީ އަތްކުރު ހުދު ގަމީހެވެ. ގަމީހުގައި ހަރުކޮށްފައި ހުންނަންވާނީ (ގަމީހުގައިލާ) ހުދުގޮށެވެ.

– ގަމީސް ފަހާފައި ހުންނަންވާނީ މުޓިޔާ ލައިގެންނެވެ.

– ގަމީހުގައި އެއްވެސް ގޮތަކުން ރޫ ނަގާފައި ހުރެގެން ނުވާނެއެވެ.

– ގަމީހުގެ އަތުގެ ދިގުމިނަކީ އުޅަބޮށްޓަށްވުރެ 2 (ދެ) އިންޗި މައްޗަށެވެ.

– ޔުނިފޯމްގެ ގިރުވާން ހުންނަންވާނީ ތުނި ސްޓިފް ލާފައެވެ.

– ގްރޭޑް 10 އާއި ގްރޭޑް 12 އާ ދެމެދުގެ ފިރިހެން ދަރިވަރުން ބޭނުންކުރާނީ އަތްދިގު ހުދު ގަމީހެވެ.

– ގަމީހުގެ ވަތްފަރާތުގައި ޖީބު ހަރުކުރެވި، ޖީބުގެ މެދުގައި މަދަރުސާގެ ބެޖު ހުންނަންވާނެއެވެ.

– ގަމީސް ހުންނަން ވާނީ ބެލްޓު ފެންނަ ވަރަށް ރީތިކޮށް ފަޓުލޫނުގެ ދަށަށް ޖަހާފައެވެ.

ފަޓުލޫނު

– ގްރޭޑް 1 އާއި ގްރޭޑް 12 އާ ދެމެދުގެ ފިރިހެން ދަރިވަރުން ބޭނުންކުރާނީ ކަޅުކުލައިގެ ފަޓުލޫނެވެ.

– ފަޓުލޫނު ހުންނަން ވާނީ ތަބިކަށްޓާ ހަމައަށެވެ.

– ފަޓުލޫނު ހުންނަންވާނީ ގަޔަށް ދޫކޮށެވެ.

– ފަޓުލޫނުގެ ކުރިމަތިން ކޮންމެ ފަރާތަކުން 2 (ދޭއް) ރޫ ނަގާފައި ހުންނަންވާނެއެވެ.

ކަމަރު

– ފަޓުލޫނާއެކު ސާދާ ކަޅު ކަމަރެއް އަޅަންވާނެއެވެ.

– މަދުރަސާގެ ޔުނީފޯމާއެކު އަޅާނީ 1 އިންޗި އާއި ދޮޅު އިންޗިއާ ދެމެދުގެ ފުޅާމިނުގެ ކަޅުލައިގެ ކަމަރެކެވެ.  ކަމަރު އަޅާފައި ހުންނައިރު ކަމަރުގެ ބައެއް އެލިފައި (ދޫވެފައި) ހުރެގެން ނުވާނެއެވެ.

ބޫޓު

– ރަސްމީ ޔުނީފޯމާއެކު ބޭނުކުރަންވާނީ ކަޅުކުލައިގެ އޮފީސް ބޫޓަކަށެވެ.

އިސްޓާކީނު

– ރަސްމީ ޔުނީފޯމާއެކު އަރަންވާނީ ކަޅު އިސްޓާކީނަކަށެވެ.

– އިސްޓާކީނުގެ ދިގުމިނަކީ ފައިގެ ތަނބިކަށިން މައްޗަށް 3 (ތިނެއް ) އިންޗިއެވެ.

ޔުނީފޯމް ކޯޑާ ގުޅޭ އިތުރު ކަންތައްތައް

– ފިރިހެންކުދިންގެ އިސްތަށިގަޑު ހުންނަން ވާނީ 1(އެކެއް) އިންޗި އަށްވުރެ ދިގު ނުވާގޮތަށެވެ.

– ފެޝަނަށް އސްތަށިގަޑު ކޮށައި އެއްވެސް ގޮތަކަށް ޑައި ކުރުމަކީ މަނާކަމެކެވެ.

– ދަރިވަރުންގެ ނިޔަފަތި ހުންނަންވާނީ ކުރުކޮށް ކަނޑާފައެވެ. ނިޔަފަތީގައި ކުލަ ޖެއްސުމަކީ ހުއްދަކަމެއް ނޫނެވެ.